ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހު 26 ގައި ހުޅުވަނީ
މިހާރު
7 ޖުލައި 2025 | ހޯމަ | 1:14
ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހުގެ 26 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ހެދީ، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގަ އެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.