ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް "ޓޫ އޮފް އަސް"

މިހާރު

7 ޖުލައި 2025 | ހޯމަ | 1:53

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" މިއަދު ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު، ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން އިއްޔެ ފުރުސަތު ހުޅުވާލި "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ފެށުމުގެ ގޮތުން އެ ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިޔަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ވާދަކޮށް، "ޓޫ އޮފް އަސް"އަށް ވަނީ އެ މުބާރާތުން ތިންވަނަ ލިބިފަ އެވެ. އެ ބޭންޑަށް ގިނަ ބައެއްގެ ލޯބި ލިބި، މަޝްހޫރުވީ ވެސް އެ މުބާރާތުންނެވެ.

މައުޟޫޢުތަށް