އެލިއާ އިން ބޯޓު އޮޕަރޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްޖެ
މިހާރު
7 ޖުލައި 2025 | ހޯމަ | 2:35
އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ 11 ވަނަ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާ ބައިވެރިންނަށް ސެޓްފިކެޓު ދީފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ރިސޯޓުތަކުންނާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް ބައިވެރިވެ އެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ކަނޑުމަތީގެ ގާނޫނާއި ގަވައިދާއި ނޭވިގޭޝަން ޗާޓް ބޭނުންކުރާނެ ގޮތާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރަށް ފަސްޓް އެއިޑް، އަދި ފަޔާ ސޭފްޓީ އާއި އައުޓް ބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަތައް ހައްލުކުރުމުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނެވެ.