ކުށުގެ ރެކޯޑު އޮތް 4،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި މިދިޔަ މަހު ސުވާލުކުރި
މިހާރު
7 ޖުލައި 2025 | ހޯމަ | 8:17
ކުށުގެ ރެކޯޑު އޮތް 4،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި މިދިޔަ މަހު ސުވާލުކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 1،037 ގަޑިއިރާއި 48 މިނެޓު ފައިމަގުގައި ފުލުހުން ޕެޓްރޯލުކޮށްފައި ވެ އެވެ.
އެ މުއްދަތުގެ ތެރޭގައި 45،380 ތަނެއް ޗެކްކޮށްފައިވެ އެވެ.