އިރާގުގެ ހޮހޮޅައަކަށް ވަން ތުރުކީ ސިފައިންގެ އެތައް ބަޔަކު މީތޭން ގޭހުގެ ސަބަބުން މަރުވެއްޖެ
މިހާރު
7 ޖުލައި 2025 | ހޯމަ | 8:22
އިރާގުގެ އުތުރުގެ ސަރަހައްދެއްގައި ހޮހޮޅަތަކެއް ބަލައި ފާސްކުރުމުގެ މަސައްކަތުގައި އުޅުނު ތުރުކީ ސިފައިންގެ ބަޔަކަށް މީތޭން ގޭހުގެ އަސަރުކޮށް މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ޕީކޭކޭ ހަނގުރާމަވެރިންނާއި ތުރުކީ ސިފައިންގެ ޒަމާންވީ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމުގެ މަޝްވަރާ ކުރިއަށްދާ ވަގުތެއްގަ އެވެ. މިއީ 1984 ވަަނަ އަހަރު ފެށުނު އަދި މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ހަމަނުޖެހުމެކެވެ.
ތުރުކީން ބުނި ގޮތުގައި ސިފައިންގެ ބަޔަކު މަރުވީ މެއި 2022 ކުރުދީ ހަނގުރާމަވެރިން ހަމަލާދީ މަރާލި ސިފައިންގެ މީހެއްގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަނެއްގައި ތަންތަން ބަލައި ފާސްކުރަމުން ދަނިކޮށެވެ.