އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވެއްޖެ، ހަ މީހަކު އެޑްމިޓް ކޮށްގެން ފަރުވާދެނީ
މިހާރު
7 ޖުލައި 2025 | ހޯމަ | 9:36
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން މި ދުވަސްވަރު ގިނަވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިރޭ ބުނެފި އެވެ.
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދެއްކުމުން އާންމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް އޭއީއެޗުން މިދިޔަ ބުދަ ދުވަހު ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
އޭއީއެޗުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އިބްރާހިމް ޔާސިރު އަހްމަދު މިރޭ "މިހާރު" އަށް ވިދާޅުވީ އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވުމުން އެ ހޮސްޕިޓަލުގައި ފުލޫ ކްލިނެއް ހުޅުވައިގެން މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ.