އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ޖަލަށް
މިހާރު
7 ޖުލައި 2025 | ހޯމަ | 9:40
މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ނުވަ މަހަށް ޖަލަށް ލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލަ ސާބިތުވީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، މަރަކާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ދެ ދައުވާކޮށްފައި ވަނީ އެއް ހާދިސާއަކާ ގުޅިގެން ކަމަށް ވާތީ، އެ ދެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްކޮށެވެ.