ވިމްބްލްޑަންގެ ސިސްޓަމަށް އެރީ ހިއުމަން އެރާއެއް

މިހާރު

8 ޖުލައި 2025 | އަންގާރަ | 10:08

ލަންޑަން (ޖުލައި 7) - ވިމްބްލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ އިލެކްޓްރޯނިކް ލައިން ކޯލިން ސިސްޓަމަށް މައްސަލަ ދިމާވީ އޮޕަރޭޓްކުރާ މީހާ އަށް ހެދުނު ގޯހަކުން ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.

ލައިން ޖަޖުންގެ ބަދަލުގައި މިއަހަރު ވިމްބެލްޑަންގައި މުޅިން އަލަށް އިލެކްޓްރޯނިކް ލައިން ކޯލިން ސިސްޓަމް ބަހައްޓާފައި ވާއިރު، އެ ސިސްޓަމަށް މައްސަލަ ދިމާވީ އަންހެން ސިންގަލްސްގައި އެނަސްޓޭޝިއާ ޕަވްލިއުޗެންކޯވާ އަދި ސޮނޭ ކާޓަލް ކުޅުނު މެޗުގަ އެވެ.

ސެންޓަ ކޯޓުގައި އާދިއްތަ ދުވަހު ކުޅުނު ހަތަރު ވަނަ ބުރުގެ މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެން ޕަވްލިއުޗެންކޯވާ ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މައުޟޫޢުތަށް