ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން އިޒްރޭލާ ގުޅުން އޮތް ކުންފުންޏަކާ ހަވާލުކުރި ވާހަކަ ދޮގުކޮށްފި
މިހާރު
7 ޖުލައި 2025 | ހޯމަ | 10:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން ހަވާލުކޮށްފައިވަނީ އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ދޮގުކޮށްފި އެވެ.
އެ ތުހުމަތުކޮށް ފަތުރަމުންދާ ޚަބަރަކާ ގުޅިގެން، އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލާ ގުޅުން ހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ.
"ވަކިން ހާއްސަކޮށް، ރާއްޖެ ޓީވީން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާ ކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.