މިއީ އެމެރިކާގައި މި ގަރުނުގައި ހިމަބިހި އެންމެ ގިނަވި އަހަރު
މިހާރު
9 ޖުލައި 2025 | ބުދަ | 6:39
މިފަދަ ބަލިތައް އެމެރިކާގައި ގިނަވަނީ ވެކްސިނާ މެދު ޝައްކު އުފައްދައި ވެކްސިން ނުޖަހާ މީހުން ގިނަވަމުންދާތީ ކަމަށް ތަޖުރިބާކާރުން ބުނޭ
އެމެރިކާގެ ހެލްތު ސެކްރެޓަރީ ވެކްސިނާ މެދު ސުވާލު އުފައްދަވަމުން ގެންދަވާއިރު މިއީ މިދިޔަ 30 އަހަރު ތެރޭގައި ވެސް އެމެރިކާގައި ހިމަބިހީގެ ކޭސްތައް އެންމެ ގިނަވި އަހަރު ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީން ބުނެފި އެވެ.
ފުޅާ ދާއިރާއެއްގައި ވެކްސިން ދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ނައްތާލެވިފައިވާ ކަމަށް ބެލެވިފައި އޮތް، ވަރަށް ފަސޭހައިން ފެތުރޭ އަދި ނުރައްކާތެރި މި ބަލި އަލުން އެނބުރި އައީ އެމެރިކާގައި ވެކްސިނާ ދެކޮޅު ފިކުރު ފެތުރިގެން ދިޔަ ފަހުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.