ޒީނިޔާ: މާރާމާރީ އާއި ތަޅާފޮޅުމުގެ ސްކޫލެއް ބަދަލުކޮށްލި ޕްރިންސިޕަލެއް

މިހާރު

8 ޖުލައި 2025 | އަންގާރަ | 9:27

ނުވަ މަހުގެ ބަނޑާ އެކު ގޮސް ކުދިންތަކެއްގެ މާރާމާރީއެއްގެ ތެރެއަށް އެ ދުވަހު ވަދެ އެ މާރާމާރީ ހުއްޓުވަން އައިމިނަތު ޒީނިޔާ މަސައްކަތް ކުރެއްވީ ކުދިންގެ މުސްތަގުބަލަށްޓަކަ އެވެ. އެއީ އެ ކުދިންގެ އަހުލާގު ރަނގަޅު ކުރެވޭނެ ޕްރިންސިޕަލެއް ކަމުގެ ޔަގީންކަން އޮތުމުންނެވެ. ބައެއް ރޭރޭ ނިދި ނަންގަވާލައްވާފައި، ހޭލާ ވެސް އުޅުއްވަނީ އެ ކުދިންގެ ފަރާތުން ސްކޫލަށް ދީފާނެ ގެއްލުމެއް ނޭނގޭތީ އެވެ.

ފަންކާތަކުގެ ފިޔަ ބިންދާފައި ހުރެދާނެ އެވެ. ފާރުގައި ކުރަހައި ހަޑި އެއްޗެހި ލިޔެ އެވެ. ތަންތަނުގައި ހުޅުޖަހައި ރޯކުރެ އެވެ. ސްކޫލުގެ އެއްވެސް ކްލާހެއްގެ ދޮރެއް، ކުޑަދޮރެއް، މޭޒުގެ ކަބަޑެއްހާ ހިސާބު ވެސް ނުހުރެ އެވެ. ފާސްވަނީ ހާހަކުން ކުއްޖެކެވެ. މިހާރު 25 އަހަރު ވެފައިވާ ސ. އަތޮޅު މަދަރުސާ ދޫކޮށް 28 ޕްރިންސިޕަލުން ދުރަށް ވަޑައިގަންނަވަން ޖެހުނީ އެފަދަ އެތައް ނާތަހުޒީބީ ކަންތައްތަކާ ހެދި އެވެ.

އެއީ އައްޑޫގައި ވަކިން އޮންނަ ދެ އަވަށް، ހުޅުދު އާއި މީދޫ މެދުގައި ހުންނަ ސ. އަތޮޅު މަދަރުސާ އަށް ޓީޗަރެއްގެ ގޮތުގައި ޒީނިޔާ ފުރަތަމަ ވަޑައިގެންނެވިއިރު އެ ސްކޫލުގެ ހާލަތު އޮތް ގޮތް ވެސް މެ އެވެ. ޖެނުއަރީ 1، 2009 އާ ޖެހެންދެން ކަން ހިނގަމުން އައި ގޮތެވެ.

މައުޟޫޢުތަށް