އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރުގައި ލޭގެ ބަލިތަކަށް ފަރުވާ ދޭން ފަށަނީ
މިހާރު
8 ޖުލައި 2025 | އަންގާރަ | 11:34
ލޭގެ ބަލިތަކަށް އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރުގައި ފަރުވާ ދޭން ތައްޔާރުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ، ލޭގެ ބަލިތަކުގެ ތަޖުރިބާކާރު އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. ސަޗިންނާ އެކު، ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން އިއްޔެ ސޮއިކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ތެލެސީމިއާ އާއި ލެއާ ގުޅުން ހުރި އެކި މައްސަލަތަކަށް މި ވަގުތު އެކަށީގެންވާ ފަރުވާ އެ ހޮސްޕިޓަލުން ނުލިބޭ ކަމަށެވެ. އެހެންވެ، ގިނަ މީހުން ފަރުވާ ހޯދަން ދަނީ އަމިއްލަ ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.