ގިނަ ދުވަހު ހުންނަން ބޭނުން ނުވިޔަސް އެޗްޑީސީއާ ހަވާލުވީ ލަނޑުދަނޑިތަކެއް ހުރުމުން: މައުރޫފް
މިހާރު
9 ޖުލައި 2025 | ބުދަ | 12:11
މައުރޫފް ވިދާޅުވީ އޭނާ މެނޭޖިން ޑިރެކްޓަރުކަން ދޫކޮށްލައްވައި ރިޓަޔާކުރެއްވި ނަމަވެސް އެޑްވައިޒަރީ މަގާމެއްގައި ހުރުމުގެ ވިސްނުން އެބަހުރި ކަމަށް
މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް އެ މަގާމުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމަކު ހަވާލުވެ ވަޑައިގަތީ ހާސިލްކުރައްވަން ބޭނުންވި ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައި މައުރީފް ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި މަގާމާ ހަވާލުވެ ވަޑައިގަތް މައުރޫފް ރިޓަޔާކުރައްވަން ނިންމައިވައި އެކަން މުވައްޒަފުންނަށް ވަނީ އަންގަވައިފަ އެވެ. އޭނާގެ މި ނިންމެވުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވިދާޅުވީ މަގާމުގައި ހުންނަވައިގެން ހާސިލްކުރައްވަން ބޭނުންވި ގިނަ ކަންކަން ހަ މަސް ތެރޭ ހާސިލް ވެފައިވާ ކަމަށެވެ.