ރައްޔިތުންގެ ވޯޓުން ގޮތް ނިންމަން ބާރުދިނުމަކީ އެންމެ ރަނގަޅު ގޮތް: ޕީއެންސީ މެމްބަރުން

މިހާރު

8 ޖުލައި 2025 | އަންގާރަ | 12:46

ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އަހައިގެން ކުރިއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންގެ ކަންކަމުގައި އެ މީހުންގެ ބަސް އެހުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ވެރިއަކު ހުރެގެން އެ މީހެއްގެ ބާރުގައި ހިމެނޭ ކަމެއް ރައްޔިތުންނަށް ދޫކޮށްލާފައި ރައްޔިތުންނަށް ފެންނަ ގޮތަކަށް ކަންކަން ނިންމަން ބާރު އެޅުމަށް ގެންނަ މި އިސްލާހަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވި އެވެ.

މައުޟޫޢުތަށް