ފެނަކައިގެ ޗެއާޕާސަން ކަމަށް ޝިމާދުގެ ބަދަލުގައި ޝާމް

މިހާރު

8 ޖުލައި 2025 | އަންގާރަ | 9:12

ފެނަކައިގެ ޗެއާމަންކަމުގައި ހުންނެވި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް އެ މަގާމުން ވަކިކޮށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ގެނައި މި ބަދަލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

ގެއްލުމުގައި ހިންގަމުންދާ ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެ ކުންފުނި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި ވަގުތީ ގޮތުން ސިމާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މައުޟޫޢުތަށް