އަންހެނުންނާ މެދު ގެންގުޅޭ ސިޔާސަތުގެ މައްސަލައިގައި އަފްޣާނިސްތާނުގެ ވެރިން ހައްޔަރުކުރަން އައިސީސީން އަމުރެއް

މިހާރު

8 ޖުލައި 2025 | އަންގާރަ | 8:28

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ހުށަހެޅުއްވި މައްސަލައިގައި ތާލިބާނުންގެ ވެރިން ހައްޔަރުކުރުމަށް މިއަދު އެ ކޯޓުން އަމުރު ނެރެފި އެވެ.

ފަނޑިޔާރުން ވިދާޅުވީ ތާލިބާނުންގެ އެންމެ އިސް ލީޑަރު ހިބަތުﷲ އަޚުންދްޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ، ޖިންސީ ގޮތުން ތަފާތުކުރުންތައް ގެންގުޅެ އަންހެނުންނާ މެދު އަނިޔާވެރިވަމުންދާ ކަމުގެ ޝައްކު އުފެދޭ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"ތާލިބާނުން މުޅި އާބާދީއަށް ވަކި ކަންތައްތަކެއް މަނާކޮށްފައި ވާއިރު ވަކިން ހާއްސަކޮށް އަންހެން ކުދިންނަށާއި އަންހެނުންނަށް، އެ މީހުންނަކީ އަންހެނުންނަށް ވީތީ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލޭ ގޮތަށް ވަކިން ހަރުކަށި ފިޔަވަޅުތައް އަޅާފައިވޭ،" މި މައްސަލައިގައި ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް