ހުއްދަ ނެތި އޭވިއޭޝަން ސެކިއުރިޓީ ތަމްރީން ދޭތީ ސަމާލުކަމަށް ގެނެސްފި
މިހާރު
9 ޖުލައި 2025 | ބުދަ | 11:34
އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުދޭތީ ޑިފެންސް މިނިސްޓްރީން އެކަން ސަމާލުކަމަށް ގެނެސްފި އެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުތައް ދޭ މަރުކަޒުތަކާއި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި ކިޔަވައިދޭ މީހުން ވެސް ޑިފެންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހެ އެވެ.
ޑިފެންސުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުއްދަ ނުހޯދައި، މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ދާއިރާގެ ބައެއް މީހުން ކުރަމުން އަންނަކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެފަދަ ތަމްރީނުތައް ދިނުމާ ބެހޭ ގޮތުން ހަދާފައިާ އުސޫލާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށެވެ.