ހޫތީން ރަތް ކަނޑުގައި ބޯޓަކަށް ހަމަލާދެނީ، ދެ މީހަކު މަރުވެއްޖެ
މިހާރު
8 ޖުލައި 2025 | އަންގާރަ | 10:07
ރަތްކަނޑުގައި ހޫތީން އުޅަނދުތަކަށް ދެމުން ދިޔަ ހަމަލާތައް އަލުން ފަށައި ހޯމަ ދުވަހުން ފެށިގެން އެއް ބޯޓަށް ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ދެ މީހަކު މަރުވެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އިޒްރޭލުން ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް، އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ދެމުން ގެންދާ މި ހަމަލާތަކުގައި މިހާރު ހަމަލާ ދެމުން ގެންދަނީ ލައިބީރިއާގެ ބަލްކް ކެރިއަރެއް ކަމަށްވާ "އެޓާނިޓީ" އަށެވެ.
"ބޯޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. މިހާރު އެ ބޯޓު ދުއްވޭނެ އެއްވެސް ގޮތެއް ނެތް،" ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ނެރުނު ބަޔާނުގައި ބުންޏެވެ.