ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމުގެ ތުހުމަތުގައި ފުލުހުންތަކެއްގެ މައްސަލަ ބަލަނީ
މިހާރު
8 ޖުލައި 2025 | އަންގާރަ | 10:11
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް (ޕީއެސްޑީ) އިން ބަލަން ފަށައިފި އެވެ.
ފުލުހުން ހަމަ އެކަނި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމެވެ. އެ މައްސަލާގައި ހިމެނެނީ ކިތައް މީހުން ކަމެއް އަދި ކިހާ ފައިސާއެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ތުހުމަތުވަނީ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރާ ކަމުގެ ތުހުމަތެވެ.