ބްރެޒިލް ފޯވާޑް ޗެލްސީ ފައިނަލަށް ގެންގޮސްދީފި

މިހާރު

9 ޖުލައި 2025 | ބުދަ | 9:48

މިދިޔަ ހަފުތާގައި އަލަށް ސޮއިކުރުވި ބްރެޒިލް ފޯވާޑް ޔޮއާ ޕެޑްރޯ ޖެހި ދެ ގޯލާ އެކު 2-0 އިން ބްރެޒިލްގެ ފްލުމެނިނެންސް ބަލިކޮށް އިންގްލެންޑުގެ ޗެލްސީން، ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ ސްޕެއިނުގެ ރެއާލް މެޑްރިޑް ނުވަތަ ފްރާންސްގެ ޕީއެސްޖީއާ އެވެ. އެ ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗު މިރޭ އޮންނާނެ އެވެ.

ކުރިން ހަމައެކަނި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޑަކުޑަ މުބާރާތެއްގެ ގޮތުގައި ބާއްވާ ކްލަބް ވޯލްޑް ކަޕް ފީފާ އިން މި ފަހަރު ކުރިއަށް ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކުން 32 ޓީމާ އެކު، އެމެރިކާގަ އެވެ.

މައުޟޫޢުތަށް