ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ ކަމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް
މިހާރު
9 ޖުލައި 2025 | ބުދަ | 11:34
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ މެމްބަރު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމެވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 10 މެމްބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ހުޅުމާލޭގައި އުޅެމުން އަންނައިރު އެތަަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.