އެގްޒޯޓިކްގެ 575 ކޭސް ސިނގިރެޓް ގެއްލުނުކަން އެނގުމުގެ ކުރިން ކުންފުނީގެ ހިއްސާ އޮތީ ބަދަލުކޮށްފައި

މިހާރު

9 ޖުލައި 2025 | ބުދަ | 12:36

އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު ކަސްޓަމްސް އަށް އަންގައި އޭގެ ފަހުން ސްޓޮކް ގުނުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިކަން ހާމަކުރެއްވީ ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލަ އާއި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ވަގަށް ބޭލި މައްސަލައިގައި މަޖިލީހުގެ 241 ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގަ އެވެ.

އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އެ ބައްދަލުވުމުގައި، ހޯކްސް މައްސަލައިގައި ތައްޔާރުކުރި ރިޕޯޓުގައި ކަސްޓަމްސްއާ ގުޅޭ ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓްގައި، އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ރަޖިސްޓްރީގައިވާ ބޮންޑެޑް ވެއާ ހައުސްގައި ހުއްޓައި ގެއްލުނު 575 ސިނގިރޭޓް ކޭހުގެ މައްސަލަ ހިމެނެ އެވެ.

މައުޟޫޢުތަށް