ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި
މިހާރު
9 ޖުލައި 2025 | ބުދަ | 1:52
ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕްގެ ލ. އަތޮޅު ކޮލިފައިން ބާއްވަން، އެ އަތޮޅު ކައުންސިލާ އެކު ރޭ ސޮއިކޮށްފި އެވެ.
ނައިންޓީ ޕްލަސްއިން ނިންމާފައި ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރެއިން 18 ޓީމު ކަނޑައަޅާނީ ކޮންމެ އަތޮޅެއްގައި ބާއްވާ ކޮލިފައިން މަރުހަލާއިންނެވެ. ކޮލިފައިން މުބާރާތުގެ ޗެމްޕިއަން ޓީމު ގޯލްޑް ކަޕަށް ކޮލިފައި ވާނެ އެވެ.
ލ. އަތޮޅު ވެގެންދާނީ ކޮލިފައިން ފަށާ ފުރަތަމަ އަތޮޅަށެވެ. އެ އަތޮޅުގައި ކޮލިފައިން ބާއްވާނީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ލާމަސީލް ލާމް ފުޓްބޯޅަ ޓޯނަމެންޓްގެ ތެރެއިންނެވެ. އެ މުބާރާތުގެ މިފަހަރުގެ ޗެމްޕިއަން ޓީމަށް ގޯލްޑް ކަޕުގެ ލ. އަތޮޅުގެ ޖާގަ ކަށަވަރުވާނެ އެވެ.