އިގްތިސާދީ ދާއިރާގެ އެންމެ ބޮޑު އެއް ކޮންފަރެންސް ވިލާ ކޮލެޖުގައި ފަށައިފި

މިހާރު

9 ޖުލައި 2025 | ބުދަ | 12:19

އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަންގެ 31 ވަނަ ކޮންފަރެންސް ވިލާ ކޮލެޖުގައި ފަށައިފި އެވެ.

މިއީ، އިގްތިސާދީ ދިރާސާގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި ބައިނަލްއަގުވާމީ އިދާރާއަކާ އެކު ރާއްޖޭގައި މިފަދަ ދާއިރާއަކުން ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސް ފެށީ މިދިޔަ އާދީއްތަދުވަހެވެ. އަންނަ ހުކުރުދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ދުނިޔޭގެ 38 ގައުމެއް ތަމްސީލްކުރާ 196 ފަރާތަކުން ބައިވެރިވާނެ އެވެ.

މައުޟޫޢުތަށް