އެކްސްގެ ދެ ހާހަށްވުރެ ގިނަ އެކައުންޓް ބްލޮކް ކުރަން އިންޑިއާއިން އެންގި މައްސަލައިގައި ފާޑުކިޔުން

މިހާރު

9 ޖުލައި 2025 | ބުދަ | 8:42

އިންޑިއާގައި ރޮއިޓާސް ނިއުސް އެޖެންސީގެ ދެ އެކައުންޓެއް ވެސް ހިމެނޭ ގޮތަށް ދެ ހާހަށް ވުރެ ގިނަ އެކައުންޓް ބްލޮކް ކުރުމަށް ސަރުކާރުން އަމުރުކުރި މައްސަލައިގައި އެކްސް އިން ފާޑުކިޔައިފި އެވެ.

މި އެކައުންޓްތައް ބްލޮކް ކުރުމަށް ސަރުކާރުން އެންގިކަން އަންގާރަ ދުވަހު އެކްސް އިން ހާމަކޮށް، އިންޑިއާ ސަރުކާރުން ގެންގުޅޭ ސެންސަޝިޕްގެ ސިޔާސަތާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ ފަހުން ވަނީ ބްލޮކް ކުރި ގިނަ އެކައުންޓްތަކެއް އަލުން ދޫކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ އެ އެކައުންޓްތަކަށް ނުވަދެވޭ ގޮތް ހެދުމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށް ބުނެފަ އެވެ.

މައުޟޫޢުތަށް