އެޗްޑީސީ އަތުން ބަލިވިއަސް ލީގު ޗެމްޕިއަންކަން ސިފައިންނަށް
މިހާރު
10 ޖުލައި 2025 | ބުރާސްފަތި | 12:22
ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި މިރޭ އެޗްޑީސީއާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
އެޗްޑީސީ މިރޭގެ މެޗު ކާމިޔާބު ކުރީ 25-22، 25-22 އަދި 27-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ސެބަސްޓިއެން ގިރާލްޑޯ ގޯމޭޒް އެވެ.
މިރޭގެ މެޗުގެ ކުރިން، މިއަދު ހަވީރު ފުވައްމުލަކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިވުމާ އެކު، ސިފައިންނަށް ވަނީ ޗެމްޕިއަންކަން ޔަގީން ވެފަ އެވެ.