ފަސޭހައިން ރެއާލް ބަލިކޮށް ޕީއެސްޖީ ފައިނަލަށް
މިހާރު
10 ޖުލައި 2025 | ބުރާސްފަތި | 9:21
ނިއު ޖާޒީ (ޖުލައި 10) - ފަސޭހަ ކަމާއެކު ވަރުގަދަ ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކްލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ ވަނީ މެޗު ފެށިގެން ނުވަ މިނިޓުތެރޭ ދެ ގޯލު ޖަހައިފަ އެވެ. ހަ ވަނަ މިނިޓުގައި ފަބިއަން ރުއިޒް ފުރަތަމަ ލަނޑު ޖަހައިދިން އިރު އޭގެ ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ.
ޕީއެސްޖީ ފުރަތަމަ ހާފު ނިންމާލީ 24 ވަނަ މިނިޓުގައި ރުއިޒް ޖަހައިދިން ގޯލަކާ އެކު ތިން ގޯލުގެ ލީޑެއް ހޯދައިގެންނެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ގޮންސާލޯ ރާމޯސް އެވެ.