އަންޗެލޮޓީ އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މިހާރު

10 ޖުލައި 2025 | ބުރާސްފަތި | 10:38

ސްޕެއިނުގެ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީ ޓެކްސް އަށް މަކަރުހެދިކަން ސާބިތުވެ ސްޕެއިން ކޯޓަކުން އޭނާ އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެކަމަކު މި އަދަބު ތަންފީޒުކުރާނެ ކަމަކަށް ނުބެލެވެ އެވެ. އަލަށް ކުށެއް ސާބިތުވާ މީހުންގެ ތެރެއިން ދެ އަހަރަށް ވުރެ ކުޑަ ހުކުމެއް އަންނަ މީހުންގެ ހުކުމް ތަންފީޒުކުރުމަކީ ސްޕެއިނުގައި ވަރަށް ނާދިރު ކަމެކެވެ.

މިދިޔަ ސީޒަނަށް ފަހު ރެއާލުން ވަކިވެ އަންޗެލޮޓީ މިހާރު މަސައްކަތްކުރަނީ ބްރެޒިލް ގައުމީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ.

މައުޟޫޢުތަށް