ކުރީގެ ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ ކަމަށް ނިންމައިފި

މިހާރު

10 ޖުލައި 2025 | ބުރާސްފަތި | 11:57

ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނިއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާ އެއްކޮށް ހުސްކޮށް އެ ބޮޑު ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށާފައި.

ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މީގެ 8 އަހަރު ކުރިން ނެރުނު ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ ނެރެފި އެވެ.

ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި "މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް" މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

މައުޟޫޢުތަށް