ސެމްސަންގް ފަތްޖެހޭ ފޯނު ކުރިއަށްވުރެ މާ ތުނިކޮށް
މިހާރު
10 ޖުލައި 2025 | ބުރާސްފަތި | 11:49
ސެމްސަންގުގެ ފަތްޖެހޭ ސްމާޓްފޯނު ކުރިއަށްވުރެ މާ ތުނިކޮށް ހަދައި "ޒެޑް ފޯލްޑް7" ގެ ނަމުގައި އިއްޔެ ދައްކާލައިފި އެވެ.
ފްލެކްސިބްލް ސްކްރީން ހިމަނައިގެން އެންމެ ފުރަތަމަ ސްމާޓްފޯން، ފްލެކްސްޕާއި" ލޯންޗުކުރީ މީގެ ހަތް އަހަރު ކުރިން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޔޯލް އިންނެވެ. އެކަމަކު މިިދިޔަ އަހަރު އެ ކުންފުނި ވަނީ ބަނގުރޫޓުވެ ހުއްޓުމަކަށް އައިސްފަ އެވެ. މި ޑިވައިސްތަކަށް އަދި އޮތީ ސްމާޓްފޯން މާކެޓް ވިޔަފާރީގެ އެންމެ ދެ ޕަސެންޓް ކަމަށް ސީއެސްއެސް އިންސައިޓްގެ ބެންވުޑް ވިދާޅުވެފައިވެ އެވެ.
ފަތްޖެހޭ ފޯނަށް މާކެޓުން ޖާގަ ހޯދަން ދަތިވެފައިވާ މައިގަނޑު ސަބަބުތައް ކަމަށް ވެފައިވަނީ އޭގެ ބޯމިނާއި ކެމެރާގެ ފެންވަރު ދަށްވުމާއި ބޮޑު އަގެވެ.