ދައުވާ ކުރަނީ ތިން މީހަކަށް، ހޯކްސްއަށް ދައުވާ ކުރެވޭ ވަރަށް ތަހުގީގުގައި ހެެއްކެއް ނެތް!

މިހާރު

11 ޖުލައި 2025 | ހުކުރު | 2:14

ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި ރާއްޖެ އަށް ވަގަށް އެތެރެކުރި މައްސަލާގައި ދައުވާ ކުރަން ނިންމީ ތިން މީހެއްގެ މައްޗަށް ކަމަށާއި އެ ކުންފުންޏާއި އިތުރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ކަސްޓަމްސް އިން ތަހުގީގުކޮށް ފޮނުވި މައްސަލާގައި ނެތް ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މައްސަލާގައި ޕީޖީ އޮފީހުން މިއަދު ބުނީ، ދައުވާ ކުރުމުގެ މުއްދަތު އަދި ހަމަނުވާތީ، ހޯކްސް ކުންފުނީގެ މައްޗަށް އިތުރު ހެކި ލިބިއްޖެ ނަމަ ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ ހޯކްސްގެ އިތުރުން އިސްމާއިލް އާދަމް ކިޔާ މީހެއްގެ މައްޗަށެވެ. އެހެންވެ، އެ މައްސަލާގައި ހިމެނޭ އެ ދެ ފަރާތުގެ ބައި ކަސްޓަމްސް އަށް މިދިޔަ ޖޫން 10 ގައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް