އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
މިހާރު
11 ޖުލައި 2025 | ހުކުރު | 12:56
ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނެއްގައި ރޭ ރޯވި އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށް ފަރުވާދެމުން އަންނަ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ތިން މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އެންސިސްގެ ގުދަނުގައި ރޯވެގެން ސިފައިންނަށް ރިޕޯޓްކުރީ ރޭ އިރާކޮޅެވެ. އޭރު ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އެމްއެންޑީއެފްގެ ފަޔާމަނުންގެ މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 11 ވެސް ޖެހި ފަހުންނެވެ.