ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވެއްޖެ
މިހާރު
11 ޖުލައި 2025 | ހުކުރު | 2:53
ސިއްހީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އުމުރުން 57 އަހަރުގައި ޑރ. އިބްރާހީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގެންދިޔަ ތަނާ އެވެ.
އައްޑޫ ހުޅުދު އަށް އުފަން، ޑރ. އިބްރާހީމް ދިރިއުޅުއްވަނީ އާއިލާއާ އެކު ޔޫއޭއީގެ ދުބާއީގަ އެވެ. އިތުރު ފަރުވާއަށް އޭނާ ކޮޗިން އަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.