ޒުވާނުންނާ ގުޅޭ ކަންކަމުގައި ކުރާ ހޭދަ އިތުރު ކުރުމަށް ރައީސް އެދިވަޑައިގެންފި
މިހާރު
11 ޖުލައި 2025 | ހުކުރު | 4:10
ޒުވާނުންނާ ގުޅޭ ކަންކަމުގައި ކުރާ ހޭދަ އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
އެ މަނިކުފާނު އެ ކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސްގެ މެސެޖުގައި ވަނީ ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުން ދާއިރު، ކުރިމަގުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރު ކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ. އެންމެ މުހިންމީ ޒުވާނުންނާ ގުޅޭ ކަންކަމަށް ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.