އައިސްޕްލާންޓްގެ ކޮރަޕްޝަނުގެ މައްސާލާގައި ސައީދަށް ދައުވާކޮށްފި

މިހާރު

11 ޖުލައި 2025 | ހުކުރު | 7:45

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފި އެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ސައީދާއި އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ސައީދަށް ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

މައުޟޫޢުތަށް