ސިފައިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް
މިހާރު
12 ޖުލައި 2025 | ހޮނިހިރު | 10:38
ސީދާ ތިން ސެޓުން ފުވައްމުލަކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމާއެކު ކުޅޭ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 25-19، 25-15 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ ޗިރާގް އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ގެންދާ މުބާރާތުގައި، ނިމިދިޔަ ލީގުގެ އެއް ވަނަ އަދި ދެ ވަނައިގެ މެދުގައި ކުޅުނު މި މެޗު ކާމިޔާބު ކޮށްގެން ސިފައިންގެ ކްލަބް މިވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.