ތުރިޕްތީ އާއި ސިދާންތު އުޅޭ "ދަޅަކް 2"ގެ ޓްރެއިލާ ނެރެފި
މިހާރު
12 ޖުލައި 2025 | ހޮނިހިރު | 12:56
މީގެ ހަތް އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ދަޅަކް"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
"ދަޅަކް 2"ގައި ލީޑު ރޯލުތައް ކުޅެނީ ޒުވާން އެކްޓަރުން ކަމަށްވާ ތުރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރުވޭދީ އެވެ.
ތިން މިނެޓާއި ތިން ސިކުންތުގެ އެ ޓްރެއިލާއާއެކު ވަނީ މި ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފަ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ މަހު އެކެއްގަ އެވެ.