"ލަވް އެންޑް ވޯ"އަށް ރަންބީރު 12 ކިލޯ، ވިކީ 15 ކިލޯ ލުއިކޮށްލައިފި
މިހާރު
12 ޖުލައި 2025 | ހޮނިހިރު | 12:56
ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގައި ކުޅޭ ރޯލަށް ރަންބީރް ކަޕޫރާއި ވިކީ ކައުޝަލް ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްލައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިހާރު މަންޒަރުތައް ނަގަމުން އަންނަ އެ ފިލްމަށް ތައްޔާރުވުމަށް ރަންބީރު ވަނީ 12 ކިލޯ ލުއިކޮށްލައިފަ އެވެ. އަދި ވިކީ ވަނީ 15 ކިލޯ ލުއިކޮށްލައިފަ އެވެ. މި ފިލްމަށް ތައްޔާރުވުމަށް އެ ދެ ތަރިންގެ ހަށިގަނޑަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ.
މި ފިލްމުގެ މަންޒަރުތައް ނަގަން އެކަނި، މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން މި އަހަރުގެ ނިޔަލަށް 200 ދުވަސް ވިކީ ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.