ކްރިސްޓަލް ޕެލަސް އަށް ކޮންފަރެންސް ލީގު ކުޅެން ޖެހިއްޖެ، ފޮރެސްޓް ޔޫރޮޕާ ލީގަށް

މިހާރު

13 ޖުލައި 2025 | އާދިއްތަ | 8:12

ލަންޑަން (ޖުލައި 12) - އޯނާޝިޕް މައްސަލައިގައި އެންމެ ފަހުގެ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަން ކްރިސްޓަލް ޔޫއެފާ ޕެލަސް ޔޫރޮޕާ ލީގުން ބޭރު ކުރުމުން، ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފް ކުޅެން ޖެހިއްޖެ އެވެ.

މިއާ ގުޅިގެން، ކުރިން ކޮންފަރެންސް ލީގު ޕްލޭއޮފް ކުޅެން އޮތް އިނގިރޭސި ލީގުގެ ހަތްވަނައިގައި ނިންމި ނޮޓިންހަމް ފޮރެސްޓަށް ވަނީ ޔޫރޮޕާ ލީގުގެ ލީގު ބުރުން ފުރުސަތު ލިބިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބަކަށް ޔޫރޮޕާ ލީގުގެ ޖާގައެއް ކަނޑައަޅާފައި ވެ އެވެ. ލީގުގެ ގަދަ ފަސް ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައި ވާއިރު، ހަވަނައިގައި ނިންމި އެސްޓަން ވިލާ ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.

މައުޟޫޢުތަށް