ގައުމީ މުބާރާތުގެ ފައިނަލްގައި މިފަހަރު ވެސް ސިފައިންނާ ދެކޮޅަށް އެޗްޑީސީ
މިހާރު
13 ޖުލައި 2025 | އާދިއްތަ | 8:05
މި އަހަރުގެ ގައުމީ ވޮޅީބޯޅަ މުބާރާތުގައި ވެސް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ކްލަބް އެޗްޑީސީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
އެޗްޑީސީ ފައިނަލްގެ ފަހު ޖާގަ ހޯދީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ތިންވަނަ ސެމީގައި ފަހަތުން އަރައި 3-1 ސެޓުން ފުވައްމުލަކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ދަޑިމަގުން 25-23 އިން ގެންގޮސްފައި ވަނިކޮށް އެޗްޑީސީ މޮޅުވީ ދެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ. އެޗްޑީސީ ސެޓްތައް ގެންދިޔައީ 25-16، 25-20 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.