އަލްކަރާޒް ބަލިކޮށް ސިނާ ފުރަތަމަ ފަހަރަށް ވިމްބެލްޑަން ކާމިޔާބު ކޮށްފި

މިހާރު

14 ޖުލައި 2025 | ހޯމަ | 12:25

ލަންޑަން (ޖުލައި 13) - ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް، ބަލިކޮށް އިޓަލީގެ ޔަނިކް ސިނާ، ފުރަތަމަ ފަހަރަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

ސެންޓަ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް 6-4 އިން އުމުރުން 22 އަހަރުގެ އަލްކަރާޒް ކާމިޔާބު ކުރި އެވެ. އެކަމަކު ސިނާ، މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި، ޖެހިގެން އައި ތިން ސެޓު 6-4، 6-4 އަދު 6-4 އިން ކާމިޔާބު ކޮށްގެންނެވެ.

މިއީ އުމުރުން 23 އަހަރުގެ ސިނާ ޖެހިޖެހިގެން ކުޅުނު ހަތަރުވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. މިދިޔަ އަހަރުގެ ފަހު ސްލޭމް ކަމަށްވާ ޔޫއެސް އޯޕަން ކާމިޔާބު ކުރި ސިނާ ވަނީ މި އަހަރު މިހާތަނަށް ކުޅުނު ތިން މުބާރާތުގެ ފައިނަލްގައި ވެސް ވާދަ ކޮށްފައިވެ އެވެ.

މައުޟޫޢުތަށް