ޖާންވީ އާއި ސިދާތުގެ "ޕަރަމް ސުންދަރީ" އަންނަ މަހަށް ފަސްކޮށްފި
މިހާރު
14 ޖުލައި 2025 | ހޯމަ | 9:21
ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" ރިލީޒްކުރާ ތާރީހު އަންނަ މަހަށް ފަސްކޮށްފި އެވެ.
މެޑޮކްސް ފިލްމްސް އިން ގެނެސްދޭ "ޕަރަމް ސުންދަރީ" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރާޖްކުމާރް ރާއޯގެ އާ ފިލްމު "މާލިކް"އަށް ލިބޭ ތަރުހީބު މަޑުމަޑުން އިތުރުވަމުން އަންނާތީ އާއި މި މަހު 25 ގައި އަޖޭ ދޭވްގަންގެ އާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް އަޅުވާތީ، "ޕަރަމް ސުންދަރީ" މިހާރު ވަނީ އޮގަސްޓް މަހަށް ފަސްކޮށްފަ އެވެ.