މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި
މިހާރު
14 ޖުލައި 2025 | ހޯމަ | 10:59
ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
މަގޫދޫ ކައުންސިލްގެ މެމްބަރު އަބްދުލްހަމީދު މޫސާ މިއަދު "މިހާރު"އަށް ވިދާޅުވީ ރޭ ބަޔަކު ގެއްލުން ދީފައި ވަނީ އެ ރަށުގެ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރަން ހަދާފައި ހުރި އިމާރާތަށް ކަމަށެވެ.
ހަމީދު ވިދާޅުވީ އެ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިގަނޑުތައް ތަޅާލާފައިވާ ކަމަށާއި ސީލިންގު ފަޅާލައި، ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.