ވިލާ ކޮލެޖުގެ ހެލްތު ސައިންސަސްގެ ދަރިވަރުން ހުވާކޮށް، ވައިޓް ކޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
މިހާރު
14 ޖުލައި 2025 | ހޯމަ | 3:26
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ނާސިން އަދި ފާމަސީ ކޯސް ހަދާ ދަރިވަރުން ހުވާކުރުމާއި ވައިޓް ކޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އެ ރަސްމިއްޔާތުގައި ދަރިވަރުންގެ ހުވާލައިދެއްވީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް، ބްރިގޭޑިއާ ޖެނެރަލް ޑރ. އަލީ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ނާސިން އާއި ފާމަސީގެ ޖުމްލަ 98 ދަރިވަރުން ޕްރޮފެޝަނަލް ހުވާ ކުރި އެވެ.
އެ ރަސްމިއްޔާތުގައި ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓު ހަވާލުކުރުމުގެ އިތުރުން ޑީންސް ލިސްޓް އަދި ޑީންސް އެވޯޑު ހާސިލް ކުރި ދަރިވަރުންނަށް އެވޯޑު ދިނުމާއި ވިލާ ކޮލެޖު ހެލްތު ސޮސައިޓީ ވަނީ އިފްތިތިހާކޮށްފަ އެވެ.