މާމިގިލި ކައިރިއަށް ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މިހާރު

14 ޖުލައި 2025 | ހޯމަ | 9:26

އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.

ރައްޓެހިންނާ އެކު ފީނަން ގޮސް އުޅެނިކޮށް މަރުވީ މާމިިގިލީ ރޯޅި، ލޫތު އަހްމަދެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު"އަށް ބުނީ ލޫތު ފެނުނީ ފީނަން ފޭބި ސަރަހައްދާ ކައިރި މޫދު އަޑިން ކަމަށެވެ. އޭނާ މިހާރު ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.

މައުޟޫޢުތަށް