ސީރިއާގައި ދީނީ ހަމަނުޖެހުންތަކުގައި 90 މަރު
މިހާރު
15 ޖުލައި 2025 | އަންގާރަ | 6:41
ސީރިއާގެ ދެކުނުގެ ޕްރޮވިންސް އައް ސްވެއިދާގައި މަޒުހަބީ ހަމަނުޖެހުންތަކުގައި 89 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ކުރިމަތިލުންތައް ހިނގީ ސުންނީ ބަދަވީންގެ ގަބީލާތަކާއި ދުރޫޒުންގެ ހަނގުރާމަވެރިންނާ ދެމެދު އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަނުޖެހުންތައް ފެންމަތިވީ ބަޑި ހިފައިގެން ހުރި ސުންނީ ބަދަވީންގެ މީހަކު، ދުރޫޒުންގެ ތަރުކާރީ ވިއްކާ މީހަކު ރަހީނު ކުރުމުންނެވެ. އެކަމާ ގުޅިގެން ދުރޫޒުންގެ ހަތިޔާރުގެ އެޅި ގުރޫޕްތަކުން ބަދަލުހިފަން ނުކުތީ އެވެ.