ހިޔާ ފްލެޓު އަތުލި މީހުންނަށް މި ސަރުކާރުގެ ފުރަތަމަ މަޝްރޫއުން ފްލެޓު ދެނީ
މިހާރު
15 ޖުލައި 2025 | އަންގާރަ | 12:12
ހިޔާ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިޔުން ދިނުމަށް ފަހު، ކުރީގެ ސަރުކާރުން ފްލެޓު އަތުލި މީހުންނަށް، މި ސަރުކާރުން ގެންދާ ފުރަތަމަ ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓު ދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި އާއްމުންގެ މީހަކު ވީޑިއޯ މެދުވެރިކޮށް ކުރި ސުވާލާ ގުޅިގެން މުއްތަލިބު ވިދާޅުވީ ވަކި ނިންމުމެއްގެ ގޮތުގައި، ކުރީގައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދިނުމަށްފަހު ފްލެޓު ނުލިބޭ މީހުންނަށް އިސްކަންދިނުން އެބައޮތް ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާނެ ކަމަށް، ޕީއެސްއެމްއިން ގެންދިޔަ ލައިވް ފޯރަމްގައި މިނިސްޓަރު ވިދާޅުވި އެވެ.