ރޮނާލްޑޯ ބޭނުންވާތީ ޖީސުސް ނަސްރަށް
މިހާރު
15 ޖުލައި 2025 | އަންގާރަ | 11:04
ރިޔާދު (ޖުލައި 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ އެދުމުގެ މަތިން، ކުރިން އަލް ހިލާލަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ޖޯޖް ޖީސުސް، އައް ނަސްރުގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.
ޖީސުސް އައް ނަސްރާ ގުޅުނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގަ އެވެ. ހިލާލްގެ ވާދަވެރި ނަސްރާ އޭނާ ގުޅުނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެދުމުގެ މަތިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯއާ ނެތް ނަމަ އަހަރެން މި ކްލަބަކު ނުހުންނާނެ،" ދެ ފަހަރު މަތިން ހިލާލަށް ކޯޗު ކޮށްދިން ޖީސުސް ބުނެފައިވެ އެވެ.