ސަމޯސާ އާއި ޒިލޭބީ ފަދަ ހެދިކާގައި ސިއްހީ އިންޒާރު ޖަހަން އިންޑިއާގައި އަންގައިފި

މިހާރު

15 ޖުލައި 2025 | އަންގާރަ | 11:34

އިންޑިއާގައި އާންމު ހެދިކާތައް ވިއްކާއިރު، ސިނގިރެޓެކޭ އެއްގޮތަށް ސިއްހީ އިންޒާރާ އެކު ވިއްކަންޖެހޭ ގޮތަށް ޔުނިއަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

އިންޑިއާގައި އެންމެ އާންމު ސަމޯސާ، ޒިލޭބީ، ވަޑައްޕަވް އަދި ކަޗޯރީ ފަދަ ހެދިކާ ވިއްކާއިރު އެ ތަކެތީގައި ތެލާއި ހަކުރު ފަދަ މާއްދާތައް ހުރި މިންވަރާ އެކު، އެއިން ލިބިދާނެ ސިއްހީ ގެއްލުމުގެ އިންޒާރު ފެންނާނެ ގޮތަށް ބަހައްޓަން ހެލްތު މިނިސްޓްރީން ވަނީ ހުރިހާ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި ސަރަހައްދީ މިނިވަންކަން ލިބިގެންވާ އިދާރާތަކަށް ވެސް އަންގައިފަ އެވެ.

މީގެ އިތުރުން ރަސްމީ އިދާރާތަކުގެ ލެޓަހެޑް، ސިޓީއުރަ، ނޯޓްޕެޑް އަދި ފޯލްޑާ ފަދަ ތަކެއްޗާއި ޝާއިއުކުރާ ލިޔުންތަކުގައި ވެސް، އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ މައްސަލަ ނުވަތަ އޮބީސިޓީއާ މެދު ހޭލުންތެރިކުރުވުމުގެ މެސެޖުތައް ހިމަނަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މައުޟޫޢުތަށް