އެއް ރޭ ހަތަރު ފިލްމު އެޅުވޭ ގޮތަށް ސިނަމާއެއް ހުޅުމާލޭގައި ހަދަނީ

މިހާރު

15 ޖުލައި 2025 | އަންގާރަ | 12:43

ރާއްޖޭގައި ޒަމާނީ ސިނަމާއެއް ހުޅުވުމަށް ބޭރުގެ އިންވެސްޓަރަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް"ގައި ރޭ މީހަކު ވަނީ ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހުރި ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް އަޅަން ސަރުކާރުގެ ވިސްނުން ހުރިތޯ ސުވާލުކޮށްފަ އެވެ.

އަސްވާޑު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހަގީގީ ސިނަމާއެއް ނެތް ކަމަށެވެ. ސިނަމާއެއްގެ ގޮތުގައި އޮލިމްޕަސް މިހާރު ބޭނުންކުރިޔަސް، އެތަނަކީ ތިއޭޓަރެއް ނުވަތަ ތަމްސީލު ކުޅުމަށް ހާއްސަކޮށް އިމާރާތްކޮށްފައި ހުރި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް